ގެދޮރުވެރިޔާ ލޯނުގެ އެއް އަމާޒަކީ، މާލެއަށް އެންމެން އެއްފަސް ނުކޮށް ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރު މިހާރު ކުރިޔަށްގެންދާ ބައެއް މަސައްކަތްތަކާ ބެހޭ ފަހުގެ މަޢޫލޫމާތުތައް މިއަދު މީޑިޔާ ދެއްވަމުން މުޙައްމަދު މަބްރޫކް ވިދާޅުވީ، ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނު ސްކީމަކީ މިހާތަނަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އަމާޒުކޮށް އިޢުލާނުކޮށްފައިވާ އެންމެ ލުއިފަސޭހަ ލޯނު ސްކީމު ކަމަށެވެ.
މިގޮތުން މިހާކުޑަ އިންޓަރެސްޓް ރޭޓްގައި މިހާ ފަސޭހައިން ލޯނު ލިބި، ލޯނު ދައްކަން ދިގުމުއްދަތެއް ލިބޭނެ އިންތިޒާމެއް މީގެ ކުރީން ހަމަޖެހިފައި ނެތްކަން އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ގެދޮރުވެރިކަން ބިނާކުރުމަށް ފަސޭހައިން ލޯނު ލިބުމަކީ، ސަރުކާރުގެ ޖަރީރާވަންތަ ދިރިއުޅުމުގެ ސިޔާސަތުގެ ވިސްނުމުގެ ތެރެއިން، މާލެއަށް އެންމެން އެއްފަސްކުރުމުގެ ބަދަލުގައި ރަށްރަށުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތް ފަސޭހަކޮށްދިނުމަށް ކުރެވޭ ކަމެއްކަމަށެވެ.
މި ލޯނު ސްކީމުގެ ދަށުން ލޯނު ނެގުމުގައި ދެ ފަރާތެއް ބައިވެރި ވެވޭގޮތަށް އޮތުމުގެ އެންމެބޮޑު ބޭނުމަކީ ލޯނަށް ޒިންމާނަގާ ގެރެންޓަރއެއްގެ ގޮތުގައި ދެވަނަ ފަރާތެއް ބައިވެރިވެވޭގޮތް ހެދުންކަން ވެސް އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
މާލެ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކަށް ބައްލަވާލައްވަމުން މަބްރޫކް ވަނީ މާލެ ސަރަޙައްދުގައި ތަރައްޤީކުރާ 11000 ހައުސިންގ ތެރެއިން 25-30 އިންސައްތަ ހައުސިންގ ޙާއްޞަކުރެވިގެންދާނީ ކައުންސިލު ހައުސިންއަށް ކަން ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!