މި މަހުގެ ކަރަންޓު ބިލާއި ފެން ބިލްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިސް އިބްރާހިމް މުހައްދަ ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު ބިލާއިން ފެން ބިލުންޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ.
މި ނިންމުމުގެ ދަށުން ފެނަކައިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓު ބިލުން މި މަހު 40 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފެން ބިލްތަކުން 30 އިންސައްތައިގެ ޑިސްކަައުންޓް ލިބޭނެއެވެ.
މީގެ އިތުރުން އެ ރަށްރަށުގެ ވިޔަފާރިތަކަށްވެސް ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން، ވިޔަފާރިތަކުގެ ކަރަންޓާއި ފެބް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއްދޭން ވަނީ ނިންމައިފައެވެ.
(2/2) Adhi meege ithurun viyafaarithakuge karantaai fen bill thakun 20% discount kurevigen dhaane kanves dhenneveemeve.
— Fenaka Corporation Ltd (@TeamFenaka) May 26, 2021
މި ޑިސްކައުންޓުތަކަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް މިއަދުން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާއްމުންނަށް އެހީތެރިވުމަށް ދޭޑިސްކައުންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!