Skip to main content
Topic Archive

#ޖޭއެސްސީ

101 Stories filed
ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި
Thiladhunmathi News

ހޯރަފުށި، ގޮއިދޫ، އޭދަފުށި އަދި ފުވައްމުލަކު ކޯޓަށް އައު މެޖިސްޓްރޭޓުން ހަމަޖައްސައިފި

ޙޢ. ހޯރަފުށި، ބ. ގޮއިދޫ، އެ އަތޮޅު އޭދަފުށި އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އައު މެޖިސްޓްރޭޓުން ޢައްޔަންކުރައްވައި، އެ ބޭފުޅުން މިއަދު މަޤާމުގެ ހުވައި ކުރައްވައިފިއެވެ. މި ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވީ ހޯމަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 2026/031 ވަނަ ޖަލްސާގައެވެ. މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، […]

ޖޭއެސްސީގެ ނައިބަކަށް ފަނޑިޔާރު ޝަހީދު
Raajje

ޖޭއެސްސީގެ ނައިބަކަށް ފަނޑިޔާރު ޝަހީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް މިއަދު އިންތިހާބުކޮށްފިއެވެ. ޖޭއެސްސީން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޝަހީދު އިންތިހާބުކުރިކަން ރަސްމީކޮށް އިއުލާންކޮށް، އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ފަނޑިޔާރު ޙުސައިން ޝަހީދަކީ ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާ ފަނޑިޔާރެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. ޙުސައިން ޝަހީދަކީ ކުރިން ހައިކ...

ޖޭއެސްސީގެ މެމްބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރަށްވައިފި
Raajje

ޖޭއެސްސީގެ މެމްބަރުކަމަށް ބޭފުޅަކު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް މިއަދު ބޭފުޅަކު ޢައްޔަނުކުރަށްވައިފިއެވެ. ޖޭއެސްސީގެ ނައިބު ރައީސްކަމުންނާއި މެމްބަރުކަމުން އެ ޔަޒްމީދު މުޙައްމަދު 19 މެއި 2026 ގައި އިސްތިއުފާދެއްވުމުން ޖޭއެސްސީގެ މެމްބަރެއްގެ މަގާމު އޮތީ ހުސްވެފައެވެ. ޔަޒްމީދު ޖޭއެސްސީގެ މެމްބަރުކަން ފުރުއްވީ ރައީސުލްޖުމްޙޫރިއްޔާ ޢައްޔަނުކުރަށްވާ މެމްބަރެއްގެ ގޮތުގައެވެ. ޔަޒްމީދު އިސްތިއުފާދެއްވުމުން ހުސްވި މަގާމަށް ރައީސް މިއަދު ޢައްޔަނުކުރަށްވާފައި ވަނީ ދަފްތަރު ނަންބަރު ރސ 535، އަލްއުސްތާޛު ޢ...

ޔަޒްމީދު ޖޭއެސްސީގެ ނައިބުކަމުންނާއި މެމްބަރުކަމުން އިސްތިއުފާދެއްވައިފި
Raajje

ޔަޒްމީދު ޖޭއެސްސީގެ ނައިބުކަމުންނާއި މެމްބަރުކަމުން އިސްތިއުފާދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމުން އެ މަގާމުގައި ހުންނެވި، ޔަޒްމީދު މުޙައްމަދު އިސްތިއުފާދެއްވައިފިއެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި ޔަޒްމީދު ވަނީ އެކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުންނާއި އަދި މެމްބަރުކަމުން ވެސް އިސްތިއުފާދެއްވާފައެވެ. އެ ކޮމިޝަނުން ވަނީ ޔަޒީދު އެ ކޮމިޝަަނަށް ކޮށްދެއްވި ޚިދުމަތަށް އޭނާ އަށް ޝުކުރުއަދާކޮށްފައެވެ. ޔަޒްމީދު އެ މަގާމަށް ޢައްޔަނުކުރީ 23 ފެބްރުއަރީ 2025 ގައެވެ. ޖޭއެސްސީ އަށް ޔަޒްމީދު ޢައްޔަނުކުރީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން ރަ...

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި
Raajje

ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅުން ޢައްޔަނުކުރަށްވައިފިއެވެ. މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އައު މެންބަރުން ޢައްޔަނުކުރައްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައ...

ޖޭއެސްސީގައި ހައި ކޯޓު ތަމްސީލްކުރަށްވާ ފަނޑިޔާރަކަށް ޝަފީއު
Raajje

ޖޭއެސްސީގައި ހައި ކޯޓު ތަމްސީލްކުރަށްވާ ފަނޑިޔާރަކަށް ޝަފީއު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ހަމަޖެއްސުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ. ފަނޑިޔާރު ޝަފީއު މި މަގާމަށް އައްޔަންކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. ފަނޑިޔާރު ހަސަން ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެ...

ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި
Raajje

ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ އިންތިޚާބުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް އެ ކޮމިޝަންގެ ރައީސްކަމަށް މިއަދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީން މިއަދު ބުނީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި ހުސްނީ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ހުސްނީ އަށް މަރުޙަބާ ކިޔާފައެވެ. މަޖިލިސް މެމްބަރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޤާނޫނ...

ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި
Parliament

ހުސްނީ ޖޭއެސްސީ އަށް ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ޙުސްނީ މުބާރިކް މިއަދު ޢައްޔަންކުރައްވައިފިއެވެ. ޙުސްނީ މުބާރިކް މި މަޤާމަށް ޢައްޔަންކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން ކުރިން އެ މަގާމުގައި ހުންނެވީ މާފުށި ދާއިރާގެ މެމ...

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި
Parliament

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ޙުސައިން ރިޒާ އަދާމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެކޮމިޝަންގައި ހުންނެވި ރިޒާ އިސްތިއުފާ ދެއްވާފައިވާއިރު، ރިޒާގެ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ. ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވުމާ އެކު، އޭނާ ހުންނެވި އެކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. ރިޒާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރެވުނީ 12 ޖޫން 2024 ގައެވެ. ޖޭއެސްސީގެ ރައީސ...

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް
Thiladhunmathi News

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް އައްޔަން ކުރައްވައިފި އެވެ. ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލަށް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރުންނާ އިންޓަވިއު ކުރުމަށްފަހު މިއަދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ފަ...

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރަކަށް މާހިރު އައްޔަން ކުރައްވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އިބްރާހިމް މާހިރު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މާހިރު އެ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމެވެ. މާހިރަކީ ފެމިލީ ކޯޓުގެ އިސްގާޒީގެ އިތުރުން، އެ ކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ގާޒީއެވެ. އެގޮތުން ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 އަހަރު […]

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް
Parliament

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ހަމަ އެދުވަހުއެވެ. ޖ...

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި
Raajje

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް ޢަބްދުﷲ ޖަމީލު މޫސާ ރޭ ޢައްޔަންކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކޮށް، ހުވާގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ. ޢަބްދުﷲ ޖަމީލަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ. ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަނޑިޔާރުކަމުގައި 15 އަހަރަ...

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޝަހީދު ނަން އަނބުރާ ނަގައިފި
Raajje

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޝަހީދު ނަން އަނބުރާ ނަގައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުނުވާން ނިންމައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަށް އޭނާ މިއަދު ހުށަހަޅައިފި އެވެ ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ އޭނާގެ ނަން އަނބުރާ ނަގަން ނިންމީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ […]

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފި އެވެ. އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން އެ މަގާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާފައި ވަނީ  29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެ...