ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ޒިމްބާބުވޭގެ ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އަވަހާރަވީ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.

Ad
rt

37 އަހަރު ވަންދެން ޒިންބާބްވޭގެ ވެރިކަން ކުރެއްވުމަށްފަހު، މުގާބޭ މަގާމުން ދުރުވެވަޑައިގެންނެވީ، އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ނުފޫޒު ގައުމުގައި ގަދަވާން ފެށުމުން އެކަމާއި ދެކޮޅަށް ސިފައިން ތެދުވެ އޭނާ މަގާމުން ދުުރުވުމަށް މަޖުބޫރުކުރުމުންނެވެ.