2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ބޭނުންކުރާނެ ލޯގޯ އާންމު ކޮށްފިއެވެ.
ލޯގޯ ލޯންޗު ކޮށްފައި ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގަ އެވެ.މިލޯގޯ އާންމުކުރުމަށް ބޭއްވި އިވެންޓުތަކުގައި ދުނިޔޭގެ އެކި ގައުމު ތަކުގައި ހުންނަ ފާހަގަ ކޮށްލެވޭ ބިނާތަކުގައި މިލޯގޯ ވަނީ ޕްރޮޖެކްޓްކޮށްފައެވެ. އެގޮތުން ގަތަރުގެ ދޯހާ ޓަވަރާއި އިޓަލީގެ އާރކް އޮފް ޕީސް އާއި ކުވައިތް ޓަވަރާއި ނިއުޔޯކް ޓައިމްސް ސްކުއަރގެ އިތުން ފާހަގަކޮށްލެވޭ އެކިއެކި ތަންތާގައި ވަނީ އަޅުވާފައެވެ.
ދުނިޔޭގެ އެންމެ ގިނަބަޔަކު ބަލާ މުބާރާތުގެ ގޮތުގައި މަސްހޫރުވެފައިވާ ވޯލްޑް ކަޕްގެ މިފަހަރުގެ ލޯގޯގައި ބޭނުން ކޮށްފައިވާ ކުލަ އަކީ މެރޫން ކުލަ އާއި އަޅި ކުލައެވެ. މި ލޯގޯއިން ރަމްޒު ކޮށްދެނީ ލޯގޯއިން ދޭހަ ކޮށްދެނީ، ގަތަރުގެ އަރަބ ސަގާފަތެވެ. ހަނަފަސް ސަހަރާގައި އޮތް ބިންތައް ކުރިއަރައި ޓެކްނޮލަޖީގެ ރޮނގުގައި ކުރިއަރައި ދިޔަ ގޮތް ލޯގޯއިން ރަމްޒު ކޮށްދެ އެވެ. އަދި ވޯލްޑްކަޕްގެ ޓްރޮފީވެސް ރަމްޒުކޮށްދޭއިރު މުޅި ދުނިޔެ އެކުވެގެން އެންމެން ހިމެނޭގޮތަށް ކުރިޔަށްދާ ހަރަކާތެއްގެ ގޮތުގައިކަން ފީފާއިން ހާމަކުރެވެ. ލޯގޯގައި ހިމެނޭ ބަނޑިތައް ރަމްޒު ކޮށްދެނީ ހަނަފަސް ސަހަރާގައި ހިމެނޭ ބަނޑިތައް ކަމަށާއި ސިފަވާ 8 ރަމްޒު ކޮށްދެނީ މުބާރާތް ކުޅޭނެ 8 ސްޓޭޑިއަމްކަމަށް ފީފާ ވޯލްޑްކަޕް ޤަތަރު 2022 ގެ ރަސްމީ ވެބްސައިޓުގައިވެއެވެ.
ފީފާ ވޯލްޑް ކަޕްގެ ޓްރޮފީގެ ބައްޓަން ސިފަވާ ގޮތަށް ފަރުމާ ކުރެވިފައިވާ މި ލޯގޯގެ މެދެއްހާ ހިސާބުން ސިފަވަނީ ވޫލް ޝޯލް އެއްގެ ސިފަ އެވެ. މި ސިފަކޮށްފައިވަނީ މުބާރާތް ބާއްވަނީ ފިނި މޫސުމުގައި ކަމަށްވެފައި އެ މޫސުމުގައި އެކި ހިސާބުތަކުގައި ހާއްސަކޮށް އަރަބި ގައުމުތަކުގައި ފިނިން ސަލާމަތްވުމަށް މީހުން ވޫލުން ހަދާފައިވާ ޝޯލް ބޭނުންކުރާތީ ކަމުގައި ބުނެފައިވެއެވެ. އަދި އަރަބި ކުރެހުންތަކެއް ޒަމާނީ ސިފައެއްގައި މި ލޯގޯގައި ހިމެނިފައިވުމުން ލޯގޯގެ ރީތިކަން އިތުރު ކޮށްދެއެވެ.
The Official Emblem of the 22nd edition of the FIFA #WorldCup was unveiled today as FIFA and host country Qatar reached another major milestone on the road to the world’s greatest football showpiece.
Read more: https://t.co/QLAMYhKPWe pic.twitter.com/5QSPiwRUp0
— FIFA World Cup (@FIFAWorldCup) September 3, 2019
އިއްޔެ ރަސްމީކޮށް މި ލޯގޯ ދައްކާލާފައި ވަނީ ގަތަރުގެ މިނިވަން ދުވަހާއި ވެސް ދިމާކޮށްގެންނެވެ. އެހެން ކަމުން ވޯލްޑް ކަޕުގެ ލޯގޯ އިއްޔެ ވަނީ ގަތަރުގެ އެކި އެކި ބޮޑެތި އިމާރާތްތަކުގައި ވެސް ދައްކާލައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ޤަތަރުގައި ބާއްވާ ވޯލްޑްކަޕް އޮންނާނީ 2022 ވަނަ އަހަރުގެ ނޮވެމްބަރ އަދި ޑިސެމްބަރ މަހުއެވެ. މިއީ އެ ދުވަސްވަރު މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!