ހއ.ފިއްލަދޫ ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވެއްޖެއެވެ.
25 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހު ނިޔާވެފައިވަނީ މުޙައްމަދު ހަލީމް ނަމަކަށް ކިޔާ ޒުވާނެކެވެ.
ފިއްލަދޫއިން ވާހަކަ ދެއްކި މީހަކު ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެ ޒުވާނާއަށް ހާޓްއެޓޭކް ޖެހިފައިވަނީ އިއްޔެގެ އިރުއޮއްސުމާއި ދާދިގާތްވެފައި ވަނިކޮށް އިތުރު ޒުވާނުންތަކަކާއި އެކު އެ ރަށު ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓައި ކަމަށެވެ.
އެ ޒުވާނާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ އަންބަކާއި ދަރިޔަކު ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!