އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވިލިމާލެއަށް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނެފައިވަނީ ބޮޑެތި ޑޭޓާ އެލަވެންސްތަކާއި އެކު، އުރީދޫއިން ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަރނެޓް ޕެކޭޖްތައް ސުޕަރނެޓްއާއި އެކު ވިލިމާލެއަށް ލިބިގެންދާނެ އެވެ. މި ޚިދުމަތް ވިލިމާލެ އަށް ފުޅާ ކުރުމާއި އެކު، ވިލިމާލޭގެ އުރީދޫ ކަސްމަޓަމަރުންނަށް އިންޓަރނެޓް ލިބުމުގައި ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއާއެކު މިއަދުން ފެށިގެން 100 އެމްބީޕީއެސްއާ ހަމައަށް ވިލިމާލެއަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ލިބިގެންދާނެ އެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ދުވަސްވަރަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ކުންފުނިތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމަށެވެ.
ވިލިމާލޭގައި ދިރިއުޅުއްވާ އަދި ސުޕަރނެޓު ބޭނުންފުޅުވާ ފަރާތްތަކުން އެންމެ ކައިރީގައިވާ އުރީދޫ ޕާރޓްނަރ ޝޮޕަށް ވަޑައިގަތުމުން މި ޚިދުމަތަށް ރެޖިސްޓަރ ކުރެއްވޭނެއެވެ. އުރީދޫ ޝޮޕަކަށް ވަޑައިނުގަނެ އޮންލައިންކޮށްވެސް މި ޚިދުމަތަށް ރެޖިސްޓަރ ކުރެވޭނެ ކަމަށް އުރީދޫއިން ވަނީ ވިދާޅުވެފައެވެ.
މީގެ ދެމަސް ކުރިން އުރީދޫގެ ސުޕަރނެޓް ޕެކޭޖުތަކަށް ބަދަލު އައިސްފައިވާ އިރު، މި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މިހާރު ސްޕީޑު އަވަސް، އަގުހެޔޮ ޕެކޭޖުތަކެއް ވަނީ ތަޢާރަފުކުރައްވާފައެވެ. ސުޕަރނެޓް ޕްލޭންތަކަށް ގެނެވުނު މި ހެޔޮ ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ore.do/getsupernet ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!