ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ''ގެމެން ޕޯޓަލް'' ބޭނުންކުރަން ފެށުމަށް ކުޅުދުއްފުށީ ސިޓީގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، އެ ޕޯޓަލްގެ މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އެލްޖީއޭގެ ގެމެން ޕޯޓަލްއަކީ ކައުންސިލްތަކުގެ ވިހާމަރުވާއާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލް އެކެވެ.
އެލްޖީއޭއިން ބުނީ ކުޅުދުއްފުށީ ސިޓީގައި ''ގެމެން ޕޯޓަލް'' ބޭނުންކުރަން ފެށުމަށް މިހާރު ކުޅުދުއްފުށީ ކައުންސިލުންނާއި، ހދ. އަތޮޅު ކައުންސިލުންނާއި އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރެވިފައިވާ ކަމަށެވެ.
އެ ތަމްރީން ދެވިފައި ވަނީ އެންސީއައިޓީގެ އެހީތެރިކަމާއިއެކު އޮންލައިންކޮށް ކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައި އެވެ.
''މިހާރު ކައުންސިލް އަދި ހޮސްޕިޓަލުން ފޫޅުމާ ފޯމާއި، އުފަންދުވަހުގެ ސެޓްފިކެޓް ގެނެރޭޓް ކުރަނީ ގެމެން ޕޯޓަލްގެ ތެރެއިން''
އެލްޖީއޭއިން ބުންޏެވެ.
އެލްޖީއޭއިން ބުނީ ހދ. އަތޮޅު ރަށްތަކަށް ގެމެން ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ދެވޭނޭ ގޮތް ހެދުމަށްޓަކައި މިހާރު ހދ. އަތޮޅު ކައުންސިލުން ނޮޅިވަރަމާއި އަދި ނެއްލަދޫ ސިއްހީ މަރުކަޒުގެ ކަމާބެހޭ މުވައްޒަފުންނަށް ތަމްރީނު ކޮށްފައި ވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!