ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލިސްގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލު ކުރަށްވައިފިއެވެ.
އެ ދެބޭފުޅުން ބައްދަލު ކުރެއްވިކަން ހާމަކޮށް ރައީސް ޞާލިޙް ވަނީ ޓުވީޓެއް ކުރަށްވާފައި އެވެ. އަދި އެ ޓުވީޓުގައި ރައީސް ޞާލިޙް ވަނީ މަޖިލިސް ރައީސް، ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
''ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް-19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް.''
ރައީސް ޞާލިޙްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް 19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް. pic.twitter.com/QDfSPpjUe7
— Ibrahim Mohamed Solih (@ibusolih) October 7, 2020
އެބައްދަލު ވުމަށްފަހު މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ '' މާތްﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އޮޑިއެއް ނުފެތޭނެ'' ކަމަށެވެ. ސަލާމަތުގެ އައްސޭރިއަށް ދެވޭނެ ކަމަށާއި އަދި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ރައީސް ޞާލިޙް ޓެގް ކުރަށްވާފައިވާ އެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
Raees @ibusolih, Allah ge iraadhafulhun alhugandumenge mi odieh nufetheyne. Alhugandumennah Raajje salaamathuge asseyri ah geneveyne. Rayyithunnah heyo goiy hoadhaadheveyne. https://t.co/lQ7d33j8LR
— Mohamed Nasheed (@MohamedNasheed) October 7, 2020
ދެ ރައީސުން މިއަދު ބައްދަލު ކުރެއްވިއިރު މިއަދު އޮތް މަޖިލިސްގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށާއި، އެމަނިކުފާނާއި ދިވެހި ސަރުކާރަކާއި ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
''އަޅުގަނޑަކީ މީ ރައްޔިތުންގެ މަޖިލިސްގެ ރައީސް، އަޅުގަނޑަކާއި ދިވެހި ސަރުކާރަކާއި ގުޅުމެއް ނެތްކަން، އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާއިދުކުރާ، އަޅުގަނޑު މަދަދުދޭ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން."
މިއަދު އޮތް މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!