ކޯވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

ފޮއިން މިނިސްޓްރީއިން މަޢުލޫމާތުދޭގޮތުގައި 150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 (ފަނަރަ ހާސް) ކޮވިޑް-19 ޓެސްޓް ހެދޭނެއެވެ. އަދި މިއީ ކޯވިޑް-19 ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއްކަމަށް އެމިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ކޯވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން ދީލަތި މި އެހީތެރިކަމަށްޓަކައި ދެކުނު ކޮރެއާގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ޚާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.