މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް މިއަދު ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ.
މި ކޮންފަރެންސަކީ ކައުންސިލަރުންނަށް ލާ މަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުތައް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ދިނުމަށާއި އެ ބަދަލުތަކާއިމެދު އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ބާއްވާ ކޮންފަރެންސެކެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ގިނަ ޢަދެދެއްގެ ކައުންސިލަރުންވެސް ބައިވެރިވިއެވެ.
އެގޮތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީއަށް ނިސްބަތްވާ 300 އަށްވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަށް ދައުވަތު އެރުވިއެވެ. މި ކޮންފަރެންސްގައި ކައުންސިރުންގެ ހުރި ކަންބޮޑުވުންތަކާއި ލާމަރުކަޒީ ނިޒާމަށް ގެނެވޭ އިސްލާހުތަކާ މެދު މައުލޫމާތު ހޯދައި ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!