ހއ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހޯރަފުށީ ކައުންސިލްއާއި ދެމެދު ސޮއިކޮށްފިއެވެ.

މި ސޮއިކުރެވުނު މިޕްރޮޖެކްޓަކީ ހޯރަފުށީ ކައުންސިލުގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން، ބޯފެން އުފައްދައި، ފުޅީގައި ބަންދުކުރާ ޕްލާންޓެއް ޤާއިމްކޮށް ހިންގުމުގެ ޕްރޮޖެކްޓެކެވެ.

Ad
rt

މި އެއްބަސްވުމުގައި ފެނަކަ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދެވެ. އަދި ހޯރަފުށީ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ވަހީދެވެ.

މި ބޮޓްލިން ޕްލާންޓުން ދުވާލެއްގެ މައްޗަށް 10000 އާއި 12000 ދެމެދު އަދަދަކަށް ފެންފުޅި ތައްޔާރު ކުރެވޭނެއެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ހޯރަފުށީގެ ކޮންމެ ގޭބިސީއަކަށް ސާފުފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރއެއް ވެސް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.