މެދު ރާއްޖެ ތެރޭގެ ރަށެއްގައި އިތުބާރުހިފޭ މަޤާމެއްގައި ހުރި މީހަކު އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ އަތޮޅުގެ ރަށެއްގައި (ކ.އއ.އދ.ވ) އިއްޔެ ކަމަށެވެ. މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

ފުލުހުން ބުނެފައިވަނީކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ވަަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

އުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލައެއް ފެންމަތިވުމާއިއެކު ރާއްޖޭގައި ރޭޕްގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު މިވަނީ އިތުރު ވެފައެވެ.