މާލެ ސިޓީގެ ޗަމްޕާ މަގަށް ވެއްޓިފައި އޮތް 18 އަހަރުގެ ދިވެހި އަންހެންހެނަކު ފުލުހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ 2 މޭ 2020 ވަނަ ދުވަހު 3:30 ހާއިރު ޗަމްޕާ މަގުގައި އަންހެނެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން އެވަގުތު އެ ސަރަހައްދަށް ދިޔަކަމަށާއި، އެވަގުތު އެމްބިއުލާންސް ބިޒީ ވުމުން ފުލުހުންގެ ވެހިކަލެއްގައި އަންހެން މީހާ ވަނީ 4:08 ގައި އައިޖީއެމްއެޗަށް ގެންގޮސްފައިވަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު މި މީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފެށުމުން 4:31 ގައި އޭނާ ހޭއަރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!