ޢީދުދުވަހު ފެނުނު މަންޒަރެކެވެ.

އެއީ، ރަށެއްގައި ތުއްތު ކުދިންތަކެއް ފެންބަޑިން އެއްކުއްޖަކު އަނެއް ކުއްޖާގަޔަށް ފެންކުލަ ޖަހައި އުޅުނު އުފާވެރި މަންޒަރެކެވެ.

Ad
d

އުފާވެރި މަންޒަރަކަށް ވީ އެކުދިން އުފަލުން މަޖަލުގައި ކުޅޭތަން ފެނުމުންނެވެ.

އެކުޅިވަރުގެ އަނެއްފަރާތް..... ފެންކުލަ ޖެހުމަކީ ދިވެހި ޘަޤާފީ ޢީދު ކުޅިވަރެއް ގޮތުގައި މާދަމާގެ ޖީލަށް ޔަޤީންވާނެ ސަބަބަކީ އެކުދިން ކުޑައިރުންސުރެ ކުޅެމުން އަންނަ ކަމެއްގޮތުގައި ދެކުމެވެ.

މިއަދުގެ ޒުވާން ޖީލު ކުރާ ބަހުސަކީ ފެންކުލަ ޖެހުމަކީ ދިވެހި ޘަޤާފަތެއް ނޫންތޯ... ނަވަތަ ދިވެހިން ގެ އަމިއްލަވަންތަ ޘަޤާފަތަށް ލިބޭނެ ގެއްލުމަކީ ކޮބައިހޭ...މިބަހުސްނޫންތޯއެވެ.

އިންޑިޔާއަކީ އެތައްމިލިޔަން މުސްލިމު ރައްޔިތެއް އުޅޭ ތަނެކެވެ. އެތަނުގެ މުސްލިމުން ދަންނަ ގޮތުގައި ކުލަ އާއި ކުލަފެން ޖެހުމަކީ އިސްލާމީ ޘަޤާފަތެއްނޫނެވެ. އަދި އެމީހުންގެ ޤައުމީ ޘަޤާފަތެއްވެސް ނޫނެވެ. އެމީހުން ދަންނަގޮތުގައި އެކަމަކީ އެބައިމީހުންގެ ހަމްވަޠަން ހިންދޫންގެ މަޒުހަބީ ޘަޤާފަތެކެވެ. މިހެންވެ، ޢީދުގެ އުފާ ފާހަގަކުރާއިރު، އިންޑިޔާ ގެ މުސްލިމުން އެކަން ކޮށް ނުއުޅެއެވެ.

ހިތާމަޔަކީ ރާއްޖޭގައި މުޢާޞަލާތީ ޚިދުމަތްދޭ ބޭރުގެ ބޮޑުކުންޏަކުން “ކަލަރަން “ގެ ނަމުގައި މިކަން ދިރުވަމުން އަންނާތީއެވެ. އެތަނުގެ އިސްވެރިންގޮތުގައި އެކަރައަށް ނިސްބަތްވާ ބޭފުޅުން ތިއްބެވާތީ ކުރާކަމަކަށް ވެދާނެއެވެ.

ދިވެހިންގެ ޘަޤާފަތާ ބެހޭގޮތުން މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ އަޙުމަދު ޝަފީޤު (ހ.ޝަފީޤުގެ) ވިދާޅުވެފައި ވަނީ.......
"ކޮންމެ ބައެއްގެ ޘަޤާފަތަކީ، އެރާއްޖެއެއްގެ، ނުވަތަ ޤައުމެއްގެ އަދި ނޫންނަމަ އެރަށެއްގެ ބަޔަކުގެ ޙަޔާތުގައި އެކުލެވިގެންވާ، އެބައެއްވަންތަ، ކަންތައްތަކާއި ދިރިއުޅުމުގެ އަމިއްލަ ގޮތްތަކެވެ. އަހަރަމެން ދިވެހިންނަމަ، ދިވެހިވަންތަކަމެވެ. ދިވެހިންގެ ޘަޤާފަތް ފެށުނީ ދިވެހިރާއްޖެއަށް ފުރަތަމަ ހިޖުރަކުރި މީހުންނާއި ހަމައިންނެވެ. އެމީހުން އެގޮތުގައި ދެމިތިއްބާ އި، 1153 މ. ގައި ދިވެހިން އިސްލާމްދީން ލިބިގަތުމުން އަހަރަމެން ދިވެހިންގެ ޘަޤާފަތައް ވަރަށްބޮޑު ބަދަލެއް އަންނާނެކަން ޤަބޫލު ކުރަންޖެހެއެވެ. އެހެންކަމުން އަހަރަމެންނާއި ހަމަޔަށް ދެމިގެން އައިސްފައިވާ ޘަޤާފަތަކީ ދީނުގެ އަސްލު އުސޫލުތައް ހުއްދަނުކުރާ ކަންތައްތައް ދޫކޮށްފައި ބިނާކުރެވުނު ޘަޤާފަތެއްކަމާމެދު ޝައްކެއްނެތެވެ. މުސްލިމު ދިވެހިންގެ ޘަޤާފަތަކީ އަހަރަމެންގެ ގޮތްތަކާއި، ދިރިއުޅުމާއި، ގޯތިގެދޮރާއި، ކާބޯތަކެއްޗާއި، ގެވެހިކަންކަމާއި، ވާހަކަދައްކާބަހުގެއަދަބުތަކާއި، އަޅާއުޅޭހެދުމާއި، ލަވަމިޔުޒިކާއި، އެއްބަޔައަނެއްބަޔަކާއި ހުރިގުޅުންތަކާއި، އަހަރުމެންގެ ވެއްޓާއި ގުޅިގެން ހުއްދަމަގުން ލިބިގެންވާ އަމިއްލަ ޘަޤާފަތެކެވެ.

ތިރީގައިމިވާ ފުޓޯއިން......

(އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވެފައި މިވާބަސްފަޅުން، އެކަމުގެ އަހުލުވެރިންނަށް ދޭހަވާނެ މާނަ އާއި ޢިބާރާތުން ތިބާއަށް ދޭހަވާ މާނަ ތަފާތުވާނެއެވެ.)

Ad
df

ނޯޓް: މިއީ ކުރީގެ އުއްތަަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ފޭސްބުކްގައި ލިޔެފައިވާ ލިއުމެކެވެ.