ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 3 ގެ ފުޓްސަލް ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް އޮރެންޖް ހޯދައިފިއެވެ.
މުބާރާތުގެ ރަނަރަޕް ޓީމް، ޓީމް ގްރީންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެ ގޮތުން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އެ ޓީމުން އުފައްދާފައިވެއެވެ. ނަމަވެސް ވާދަވެރި ކުޅުމެއް ދައްކައި، ފުރުޞަތުތަކުގެ ބޭނުން ހިފައި، މެޗް ކާމިޔާބުކޮށް، ޓީމް އޮރެންޖުން މުބާރާތުގެ ތަށި އުފުލައިލީ، 4-2 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމު، ކައިސް އިސްމާޢީލް ވަޙީދު ހޯދާފައިވާއިރު، ކިންގް އޮފް ދަ ޓޯނަމެންޓްގެ މަޤާމު ހޯދާފައިވަނީ އަޙްމަދު ސިމަކް ސިޔާމެވެ.
''ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ބެޗް 3 ގެ ކިންގް އޮފް ދަ ޓޯނަމެންޓް އަޙްމަދު ސިމަކް ސިޔާމް، ފޮޓޯ: ރަމްޒު ސްޕޯޓްސް އެކަޑަމީ
މީގެއިތުރުން ބެޗް 3 ގެ އެންމެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަކީ:
- އަޙްމަދު ސިމަކް ސިޔާމް
- ޙުސައިން ރީމާޒް
- ޒަލަފް ޒާހިދު
- ކައިސް އިސްމާޢީލް ވަޙީދު
- އަޙްމަދު އަރީބް އަރީފް
''ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ބެޗް 3 ގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ރަމްޒު ސްޕޯޓްސް އެކަޑަމީ
މި މުބާރާތުގެ ބެސްޓް ކޯޗުންނަށް ހޮވިފައިވަނީ ޗެމްޕިއަންޓީމް، ޓީމް އޮރެންޖަށް ކޯޗުކަން ކޮއްދެއްވި ޙުސައިން ނަޒްމީއާއި އިޝާން އާރިފެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!