ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 1 ގެ ހޭންޑްބޯލްގެ ފައިނަލް މެޗްގައި ވާދަކޮށް، ޗެމްޕިއަންކަން ޓީމް ޕިންކް ހޯދައިފިއެވެ.
ވާދަވެރިކަމާއެކު ނިމިގެންދިޔަ މި މެޗުގެ ޗެމްޕިއަންކަން ޓީމް ޕިންކް ހޯދާފައިވަނީ މެޗު ފެށުނުތާ މާ ގިނައިރުތަކެއް ނުވެ، ޓީމް ޕިންކުން ޖެހި ހަމައެކަނި ލަނޑާއެކު 1-0ގެ ނަތީޖާއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮއްދީފައިވަނީ ކްލާރާ ބިންތު ޢަލީ ރަމްޒީއެވެ. މި މުބާރާތުގެ ރަނަރަޕްޓީމަކީ ޓީމް އޮރެންޖެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ (ޓޮޕް ސްކޯރާ)ގެ މަޤާމާއި، ކްއީން އޮފް ދަ ޓޯނަމެންޓްގެ މަޤާމުވެސް ހޯދާފައިވަނީ ޓީމް ޕިންކްގެ ކްލާރާ ބިންތު ޢަލީ ރަމްޒީއެވެ. މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ހޮވާފައިވެއެވެ.
ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026"ގެ ބެޗް 1 ގެ ހޭންޑްބޯލް މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމެންޓް ޢަލީ ރަމްޒީ، ފޮޓޯ: ރަމްޒް އެކަޑަމީ
މި މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:
- ކްލާރާ ބިންތު ޢަލީ ރަމްޒީ
- ނަވާރް ބިންތް އަޙްމަދު ނަޒީރް
- ކައުޘަރު ބިންތު ޢަލީ ރަމްޒީ
- އީނާލް ބިންތި އިރުޝާދު
- ހިންދު ބިންތު ޝުޖާޢު
ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 202ގެ ބެޗް 1 ގެ ހޭންޑްބޯލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ރަމްޒް އެކަޑަމީ
މީގެ އިތުރުން މި މުބާރާތުގެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ޓީމް ޕިންކްގެ މަރިޔަމް ޝިނާއެވެ.
ފައިނަލް މެޗް ޝަރަފްވެރި ކޮއްދެއްވީ، " ށ އެޓޯލް ހޭންޑްބޯލް ކުއީން" ފާޠިމަތު ޝިފާނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!