16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. ހައްޔަރުކުރެވުނު މީހާއަކީ 42 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މި ހާދިސާ ހިންގާފައިވަނީ ސައުތު ޕޮލިސްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއްގައެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ އެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.