Skip to main content
Topic Archive

#ޖިންސީ ގޯނާގެ މައްސަލަތައް

32 Stories filed
އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ނޫޙު ޝަރީއަތް ނިމެންދެން ބަންދަށް، އިތުރު 4 މީހެއްގެ ބަންދު ދަމަހައްޓައިފި
Court reporting

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ނޫޙު ޝަރީއަތް ނިމެންދެން ބަންދަށް، އިތުރު 4 މީހެއްގެ ބަންދު ދަމަހައްޓައިފި

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ފުލުހުންގެ އިދާރާއިން ހާމަކުރީ ރޭގައެވެ. ފުލުހުން ބުނީ މި

ޒުވާން އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ހައްޔަރުކުރި 9 މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

ޒުވާން އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ހައްޔަރުކުރި 9 މީހުންގެ ވަނަވަރު އާންމުކޮށްފި

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ޙަސަން (35އ) އާއި، ޢާޒިމް މުފީދު (24އ) އާއި، ޢަލީ ޙުޒާމް ސަޢީދު (31އ) […]

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި
Raajje

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި

ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ހާދިސާތަކަކީ އެއް ރަށަކުން ހުށަހެޅިފައިވާ ދެ މައްސަލަ ކަމަށާއި، މި ދެ މައްސަލައިގައި ތުހުމަތު ކުރެވެނީވެސް ތަފާތު ދެ މީހަކަށް ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލަ […]

ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި
Raajje

ޒުވާން އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނުވަ މީހަކު ހައްޔަރުކޮށް، އެ މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވައިފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ފޮނުވި ހާއްސަ ޓީމުން މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުން...

22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
Raajje

22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 20...

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ
Raajje

ނޯތު ޕޮލިސް ރީޖަންގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަނީ

ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ، ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ […]

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. ހައްޔަރުކުރެވުނު މީހާއަކީ 42 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިންގާފައިވަނީ ސައުތު ޕޮލިސްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއްގައެވެ. މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާއާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ....

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ 2026 އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 މެއި 7 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ސީރިއަސް...

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
Raajje

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 20 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި ނާޒުކު […]

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި އަފްލަޙު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި އަފްލަޙު ހައްޔަރުކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) އެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި ޢަލީ އަފްލަޙު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 11 ފެބްރުއަރީ 2026 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީ...

މަންމަޔަކު ދަރިއަކަށް ޖިސްމާނީ އަނިޔާދީ މަސްތުވެގެން ހުރެ ޖިންސީ އަނިޔާދިން މައްސަލައެއް
Raajje

މަންމަޔަކު ދަރިއަކަށް ޖިސްމާނީ އަނިޔާދީ މަސްތުވެގެން ހުރެ ޖިންސީ އަނިޔާދިން މައްސަލައެއް

މަންމަޔަކު ކުޑަ ފިރިހެން ދަރިފުޅަށް ޖިސްމާނީ އަނިޔާދީ، މަސްތުވެގެން ހުރެ ޖިންސީ އަނިޔާދިން ކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސީރިއަސް މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ މާލެ ސަރަހައްދުގައެވެ. ފުލުހުން މިއަދު ބުނީ، ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް...

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
Raajje

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އުތުރު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އުތުރު ޕޮލިސް ރީޖަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މި ޢަމަލު ހިންގި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފިރިހެނާ ވަނީ ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގައި، އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ […]

18 އަހަރުން ދަށުގެ ކުއްޖަކު 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
Raajje

18 އަހަރުން ދަށުގެ ކުއްޖަކު 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މި ނޮވެމްބަރު 21 ވަނަ ދުވަހުއެވެ. ފުލުހުން […]

ހުޅުމާލޭ މޫދުގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް
Raajje

ހުޅުމާލޭ މޫދުގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއިން ގެންދަނީ ތަހްގީގު ކުރަމުންނެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓުކުރުމާއެކު ވަގުތުން ތަޙުޤީޤު ފަށާފައިވާއިރު، މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ. ކުޑަކުދިންނަށް...