އިޓަލީގެ ސެރީ އޭގައި ސެސްކް ފެބްރެގާސްގެ އިރުޝާދުގެ ދަށުން ކުޅެމުންއަންނަ ކޯމޯ ވަނީ ޖެނޯއާ އަތުން 4-1 އިން މޮޅުވެ، ތާވަލުގެ ކުރިއަށް ޖެހިލައިފައެވެ.

މި މެޗުގައި ކޯމޯގެ އަސާން ދިއާއޯ ދެ ލަނޑު ޖެހިއިރު، ނިކޯ ޕާޒް އަދި މާޓިން ބަޓުރީނާވެސް ވަނީ ލަނޑު ޖަހައިފައެވެ.

Ad
rt

މި ބުރުގައި މެޗެއް ނުކުޅެ އޮތް ހަ ޓީމުގެ މައްޗަށް ކޯމޯ މިވަގުތު ކުރިހޯދާފައިވަނީ އެއް ޕޮއިންޓުގެ ކުރިއެރުމަކާއެކުއެވެ.

ޗެމްޕިއަންސް ލީގުގައި ކޯމޯއިން ފުރަތަމަ ފަހަރަށް ވާދަކުރާ މެޗުގައި ސެޕްޓެމްބަރު 10 ގައި ނުކުންނާނީ ލައިޕްޒިގާ ދެކޮޅަށެވެ. އަދި އޮކްޓޯބަރު މަހު މެންޗެސްޓާ ޔުނައިޓެޑް ކޯމޯގެ ދަނޑަށް ޒިޔާރަތްކުރާއިރު، ޖެނުއަރީ މަހު އެ ޓީމު ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.

މީގެ އިތުރުން ޖަރުމަނު ބުންޑެސްލީގާގައި ސްޓުޓްގާޓުން ވަނީ ކޯލްން އަތުން 4-1 އިން މޮޅުވެފައެވެ.

އިޓަލީގެ ކޯމޯ މި ނަތީޖާ ހޯދިއިރު ޔޫރަޕްގެ ޑޮމެސްޓިކް ލީގުތަކުގައި ސްޕޭންގެ ރެއާލް މެޑްރިޑް ވަނީ ރެއާލް ބެޓިސް އަތުން 1-0 ބަލިވެފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް އަތުން 2-0 އިން ލިވަޕޫލް ވަނީ މޮޅުވެފައެވެ.