ހދ.ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ބީޕީއެފްއޭ) ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއާރުސީން ބުނިގޮތުގައި މިއީ އެ ޖަމާއަތުގެ ވޮލަންޓިއަރުންނާއި ޝައުޤުވެރިވާ އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

Ad
rt

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 21 އޮގަސްޓް 2026 އިން 22 ގެ ނިޔަލަށެވެ.

މި ޕްރޮގްރާމްގައި، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި އެނޫން ވެސް ދަތި،އުނދަގޫ ޙާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް، ބައިވެރިންނަށް އުނގަންނައިދީފައިވެއެވެ.

އެމްއާރުސީ އިން ކުޅުދުއްފުށީގައި ހިންގި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނުގެ ނިންމުން، ފޮޓޯ: އެމްއާރުސީ

މީގެ އިތުރުން، އިތުރު އެހީތެރިކަން ބޭނުންވާ ޙާލަތްތައް ދެނެގަންނާނެ ގޮތްތަކާއި، އަދި އެކަށީގެންވާ ފަރާތްތަކަށް ރިފަރކުރުމަށް ބޭނުންވާ މުޙިއްމު ޢަމަލީ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ދަސްކޮއްދީފައިވެއެވެ.

ކުޅުދުއްފުށީ ސިޓީގައި އެމްއާރުސީގެ ގޮޕްޕެއް ގާއިމުކޮށް ރައްޔިތުންނަށް ދަރުމައަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކޮށްދެމުންނެވެ.