ހއ.އުތީމުގައި ކުރިއަށް ގެންދިޔުމަށް ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ އުތީމު ކައުންސިލާއި، އެ ރަށު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ގުޅިގެން އުތީމުގައި ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

ކޯސް ކުރިއަށް ދާނީ 03 ސެޕްޓެމްބަރ 2026 އިން 05 ސެޕްޓެމްބަރ 2026އަށެވެ. މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 10:00 އެވެ.

އެއްވެސް ފީ އަކާ ނުލައި ކުރިއަށް ގެންދާ މި ކޯސް އަމާޒުކޮއްފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ ދެ ޖިންސުގެ ފަރާތްތަަކަށެވެ.

އެހެންކަމުން މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އުތީމު ކައުންސިލްއިން އާއްމުކުރި އިޢުލާނުގައި ވާ އޮންލައިން ފޯމް މެދުވެރިކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.