ހދ.ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
ނައިވާދޫ ކައުންސިލުން ބުނެފައި ވަނީ މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް އެރަށަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެ ޓީމަކީ ޗާލު ދިވެހިރާއްޖެ އެވޯޑަށް އެރަށް ނޮމިނޭޓްވެފައިވާތީ ކުރާ އެ ރަށަށް ޒިޔާރަތްކުރާ ޓީމެކެވެ.
ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ގައެވެ.
ރަށުގެ މަލައްޗާއި ބަނދަރު، ސާފުކޮށް ބޭއްވުމުގެ ގޮތުން، ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އެ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެ ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި މަސައްކަތަށް އަންނައިރު، ސާފު ކުރުމަށް ބޭނުންވާ އާލާތާއި، ސާމާނު ހިފައިގެން އައުމަށް ވެސް ކައުންސިލުންވަނީ އެދިފައެވެ.
ޕީއެސްއެމްގެ ޓީމް، ނައިވާދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!