"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫ އަތުން ލިބުނު މޮޅާއެކު ހަނިމާދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ.

Ad
rt

ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ގްރޫޕް ''އޭ''ގެ ނޮޅިވަރަންފަރާއި، ކުމުންދޫ އަށް ވެސް އޮތީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައެވެ. މިއަދުގެ މެޗުގައި ހަނިމާދޫ މޮޅުވުމާއެކު ތިން ޕޮއިންޓާއެކު ސެމީ ކަށަވަރުވީ ފައިދާ ގޯލުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިއަދު ހަވީރު ކުމުންދޫ އާއި ދޮޅަށް ކުޅުނު މެޗުގައި ހަނިމާދޫ މޮޅުވީ 4-1 އިންނެވެ. އެހެންވެ ޕޮއިންޓްގެ ގޮތުން އެއްވަރުވިނަމަވެސް ބައިކޮޅަށް ވަތް ގޯލްގެ ނިސްބަތް އިތުރުވުމުން ކުމުންދޫ އަށް ސެމީއަށް ދެވޭގޮތެއްނުވިއެވެ. އެހެންވެ، މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ކަށަވަރުވީ ނޮޅިވަރަންފަރަށެވެ.

މިއަދު ކުޅުނު ހަނިމާދޫ އާއި ކުމުންދޫގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫގެ ނޫރުﷲ ތޯހާ އެވެ.

މި މުބާރާތުގެ ހދ. ބުރުގައި މިރޭ ކުޅޭނީ ނައިވާދޫ އާއި ކުރިނބީއެވެ.