ގިނަ އަދަދެއްގެ މަސްތުވާތަކެތި ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މި މީހާ އަތުލައިގަނެފައިވަނީ 19 ޖުލައި 2026 ގައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މީހާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވެއެވެ. މި ތަކެތީގެ ބާވަތަކީ ކޮކެއިން ކަމަށް ކަސްޓަމްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1180 ގްރާމް ހުރި އިރު، މި ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!