އިސްރާއީލު މީހުން މަރާލިކަމަށް އިސްރާއީލުން ކަނޑައަޅާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް އަސްކަރީ ކޯޓުތަކަށް އަމުރުކުރާ، ލާއިންސާނީ އިންސާފެއް ނެތް ބިލެއް އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓް އިން ފާސްކޮށްފިއެވެ. އިންސާފުން އެއްކިބާވެފައިވާ މި ބިލުގައިވާގޮތުން، ފަލަސްތީނު މީހުން މަރާލިކަން ސާބިތުވާ ޔަހޫދީ އިސްރާއީލީންގެ މައްޗަށް މި އަދަބެއް ނުހިނގާނެއެވެ.

30 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާ މި ގާނޫނު ހޯމަ ދުވަހު ފާސްކުރީ 120 ގޮނޑީގެ ކްނެސެޓްގެ 62 މެންބަރުންގެ ވޯޓުންނެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނިވަޑައިގަންނަވާއިރު، 48 މެންބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އަދި އެކަކު ވަނީ ވަކިކޮޅަކަށް ވޯޓު ނުދީ ފައެވެ.

Ad
rt

މި ބިލު ފާސްވުމަކީ އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ އޭނާގެ އޮޓްޒްމާ ޔެހޫދިތު (ޖޫވިޝް ޕަވަރ) ޕާޓީން ނަތަންޔާހޫއާއެކު ކޯލިޝަން ހެދުމުގެ މައިގަނޑު އެއް ޝަރުތެއްގެ ގޮތުގައި މި ގާނޫނު ތަންފީޒުކުރުމަށް ބާރުއަޅާފައެވެ.

ފަލަސްތީނިއަން އޮތޯރިޓީން މި ބިލަކީ "ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށް، މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ، "ޚާއްސަކޮށް ފަރުދުންނަށް ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި އިންސާފުވެރި ޝަރީއަތެއްގެ ކަށަވަރުކަމާ" ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.

ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ކުރިއަށްދާ ދަނޑިވަޅެއްގައި ތައާރަފުކުރި މި އާ ގާނޫނަކީ، އިސްރާއީލުގެ ރައްޔިތުންނަށް ނުވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންގެ މައްޗަށް އެކަނި ޝަރީއަތް ހިންގާ އަސްކަރީ ކޯޓުތަކުން، އިސްރާއީލު މީހުންނަށް ދޭ ނުރައްކާތެރި ހަމަލާތަކަށް މި ހަރުކަށި އަދަބު ދިނުމަށް އަމުރުކުރާ ގާނޫނެކެވެ.

އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓްގެ ސެންޓަރ ފޯ ޑިމޮކްރެޓިކް ވެލިއުސް އެންޑް އިންސްޓިޓިއުޝަންސްގެ ސީނިއާ ފެލޯ އަމިޗައި ކޯހެން އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ "މި ގާނޫނުގެ ދަށުން ޔަހޫދީންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ" ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ނަތަންޔާހޫގެ ހަރުކަށި ކޯލިޝަނުން ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތަކާ އެކުވެސް، އެ ސަރަހައްދަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނަކަށް ނުވާތީ، އިސްރާއީލުގެ ޕާލަމެންޓުން އެތަނަށް ގާނޫނު ހަދައިގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކްނެސެޓްގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ވަކީލުވެސް ކުރިން ބޭއްވި މަޝްވަރާތަކުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، މި ގާނޫނުގައި މާފު ދިނުމުގެ ފުރުސަތު ނެތުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފު ކަމެއް ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމްއިން، މި ބިލު ފާސްކުރުމުގެ ކުރިން ފާހަގަކުރި ގޮތުގައި، އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގާ ފަލަސްތީނު މީހުން ކުށްވެރިވާ ކަމަށް ނިންމާ ނިސްބަތަކީ ގާތްގަނޑަކަށް 96 އިންސައްތައެވެ.

"ގިނަ ހާލަތްތަކުގައި މި ނިންމުންތައް ބިނާވެފައިވަނީ ތަހުގީގު މަރުހަލާގައި ބިރުދެއްކުމާއި އަނިޔާކޮށްގެން ހޯދާ 'އިއުތިރާފު' ތަކުގެ މައްޗަށް،" އެ ޖަމާއަތުން އާދީއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"މި ގާނޫނު ފަރުމާކޮށްފައިވަނީ ހަމައެކަނި ފަލަސްތީނު މީހުންނަށް އަމާޒުވާ ގޮތަށް. އަދި މިއީ އެކި އުސޫލުތަކުގެ ތެރެއިން ފަލަސްތީނު މީހުން މެރުމަކީ ބަލައިގަނެވޭ، އާންމު އަދަބެއްގެ ގޮތުގައި ހަދާނެ ކަމެއް،" އެ ޖަމާއަތުން ބުންޏެވެ.

ފަލަސްތީނުގެ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ އެޑަމީރު ޖަމާއަތުން ބުނާ ގޮތުގައި، މާޗް 11 އާ ހަމައަށް އިސްރާއީލުން ހައްޔަރުކޮށްފައިވާ 9,500 ފަލަސްތީނު މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ތިބީ އެއްވެސް ޝަރީއަތަކާ ނުލައި އިދާރީ ބަންދުގައެވެ.

މި ގާނޫނު ފާސްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެސޯސިއޭޝަން އޮފް ސިވިލް ރައިޓްސް އިން އިސްރާއީލް އިން ބުނީ، މި ގާނޫނަކީ "ގަސްދުގައި ތަފާތުކުރުންތައް އެކުލެވޭ" އަދި ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންގެ މައްޗަށް "ގާނޫނީ ބާރެއް ނެތި ހަދާފައިވާ" ގާނޫނެއް ކަމަށް ބުނެ، އެ ގާނޫނު ބާތިލުކުރުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ބިލު ފާސްކުރުމާއެކު އިސްރާއީލުގެ ނުލަފާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ ރާފުޅި ހިފައިގެން ނަށައި، ފަލަސްތީނުގެ މީހުން ''ފަހަރަކު މީހަކު'' ދެން ޝަހީދުކުރަމުން ގެންދާނެކަން ޢިއުލާންކޮށްފައެވެ.