އިސްރާއީލުން އަބަދުވެސް އެމީހުންގެ ހާލަތު ފޮރުވައި ހަގީގަތް އޮޅުވާލައެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އިތުރު ބިންތައް ފޭރުމަށް މެދު އިރުމަތީގައި އޮތް ހުރަހެއް ވިއްޔާ ނައްތާލުމަށް ''ދޮގާއި ފިތުނައާއި އަނިޔާވެރިކަމުގައި'' އުޅެމުން އަންނަ އިސްރާއީލުން ކިތަންމެ ހަގީގަތް ފޮރުވިޔަސް އެ ގައުމުގެ ބައެއް ރައްޔިތުންނަށް ''ހާސްވެ'' މީސްމީޑިއާ އަށް ދޫކޮށްލެވޭ ވީޑިއޯ ކްލިޕްތަކުން އެބައިމީހުންގެ ހާލަތު އަންނަނީ ފެންނަމުންނެވެ.
އެ ވީޑިއޯ ކްލިޕްތަކާއި ގުޅިގެން އިސްރާއީލުގެ ނުފޫޒުން އެއްކިބާވެފައިވާ ބައެއް މީޑިއާތައް ވަނީ މައުލޫމާތުއެއްކޮށް، އިސްރާއީލުގެ މިހާރުގެ ހާލަތު ދުނިޔެއަށް ދައްކަމުންނެވެ. ފަލަސްތީނަށް ވާގިވެރިވުމުގައި ތިބި ލުބްނާނުގެ ހިޒުބުﷲ އާއި ޔަމަންގެ ހޫތީންނާއި އަދި ހަމާސް ޖަމާއަތަށް އެންމެބޮޑު މަދަދެއްދިން އީރާނު ނައްތާލުމަށް އިސްރާއީލުން އެމެރިކާ ބައިވެރިކޮށްގެން ކުރަމުން އަންނަ ހަނގުރާމާގައި އީރާނުން އަންނަނީ ރައްދުގައި މިސައިލްގެ ވާރޭ ފިޔަވަހިތަކަކަށް ބަހާލައިގެން އިސްރާއީލަށް އޮއްސަމުންނެވެ.
އެހެންކަމުން އިސްރާއީލުގެ މިހާރުގެ ހާލަތު ބަދަލުވެ، ބިރުން އެތައް ހާސް އާއިލާތަކަކުން މިހާރު ވަނީ ބިމުގެ އަޑީގައި ދިރިއުޅެން ފަށާފައެވެ. ފެބްރުއަރީ 28 އަށްފަހު ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ފެށުނު މި ކަންކަން، މާރިޗު 7، 2026 އާ ހަމައަށް އައިއިރު ވަނީ ތެލް އަވީވް (ގުޝް ދާން) އަދި ގުދުސް ފަދަ މީހުން ގިނަ ސަރަހައްދުތަކުގެ ރައްޔިތުންގެ ދާއިމީ އާދައަކަށް ބަދަލުވެފައެވެ.
އިސްރާއީލު މީހުން ޝޮޕިން މޯލެއްގެ ބޭސްމަންޓްގައި، ފޮޓޯ: އޭއެފްޕީ
ޕާކިން ލޮޓްތައް "ފޭލިގެ ސިޓީތަކަކަށް"
މިހާލަތާއެކު އިސްރާއީލުގެ ބޮޑެތި ސިޓީތަކުގެ އިންފްރާސްޓްރަކްޗަރަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް ބާ އެޕާޓްމަންޓް އިމާރާތްތަކުގައި ރައްކާތެރި ކޮޓަރި ނެތުމުގެ ސަބަބުން، ރައްޔިތުން ދަނީ ރޮކެޓުން ރައްކާތެރިވުމަށް ބިމުގެ އަޑީގެ ބޮޑެތި ޕާކިން ސަރަހައްދުތަކަށް ބަދަލުވަމުންނެވެ. ތެލް އަވީވްގެ ބޮޑެތި މޯލްތަކުގެ ބިމުގެ އަޑީގެ ފަންގިފިލާތައް މިހާރު ފެންނަނީ ވަގުތީ ފޭލިގެ ސިޓީތަކެއްގެ ގޮތުގައެވެ. އާއިލާތަކުން އެތަންތަނަށް ގޮދަޑިތަކާއި، އުނދުނާއި، ވައިފައި ބޫސްޓަރުތައް ވައްދައިގެން އާންމު ދިރިއުޅުމެއް އުޅެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
BREAKING: Israelis are now living in parking lots and basements.pic.twitter.com/zF7Bof2DAj
— Jackson Hinkle (@jacksonhinklle) March 6, 2026
މި ހާލަތުގެ ތެރެއިންވެސް އާދަޔާ ހިލާފު މަންޒަރުތަކެއް ވަނީ ފެނިފައެވެ. އެގޮތުން މާރިޗު 2 އާއި 3 ގައި ފާހަގަކުރި އެމީހުންގެ ޕޫރިމް ފެސްޓިވަލްގެ ހަރަކާތްތައް، އެއްވުންތައް މަނާކޮށްފައި އޮތުމުން ބާއްވާފައިވަނީ ބިމުގެ އަޑީގެ ހިޔާވަހިތަކުގައެވެ. މަގުމަތިތައް ފަޅަށް އޮތް ނަމަވެސް، އެތައް ސަތޭކަ ޒުވާނުންނެއް ބިމުގެ ހަތަރު ފަންގިފިލާ އަޑީގައި ތަފާތު ހެދުންތަކުގައި "އަންޑަގްރައުންޑް ޕާޓީތައް" ބާއްވައި، ހަނގުރާމައިގެ ހިތްދަތިކަމުގެ ތެރެއިން އުފާވެރިކަން ހޯދޭތޯ މަސައްކަތް ކޮށްފައިވެއެވެ.
އިސްރާއީލު މީހުން އިމާރާތެއްގެ ޕާކިން އޭރިއާގައި ޓެންޓް ޖަހާފައި، ފޮޓޯ: ނިއުޔޯކް ޓައިމްސް
ރައްކާތެރިކަމަށްޓަކައި ބިމުގެ އަޑީގައި ނިދުން
ރަމަތު ގަން ފަދަ ސަރަހައްދުތަކުގެ ގިނަ ރައްޔިތުން މިހާރު އިހުތިޔާރު ކުރަނީ މުޅި ވަގުތު މި ހިޔާވަހިތަކުގައި ހޭދަކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ބެލިސްޓިކް މިސައިލްގެ އިންޒާރުގެ ރަނގަބީލު ޖަހާ ވަގުތު، ދަންވަރުގެ ވަގުތުތަކުގައި ސިޑިތަކުން ދުވެފައި ހިޔާވަހިތަކަށް ދާންޖެހޭ ޖެހުން ހުއްޓުވުމެވެ. ގިނަ ބަޔަކު މިހާރު ނިދަނީވެސް މި ރައްކާތެރި ހިޔާވަހިތަކުގައެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) ހޯމް ފްރަންޓް ކޮމާންޑުން ވަނީ ކުއްލި ހާލަތުގެ ދިފާއީ ސިޔާސަތުތައް މާރިޗު 7 ގެ ނިޔަލަށް އިތުރުކޮށްފައެވެ. މީގެ ދަށުން ހުރިހާ ސްކޫލްތަކާއި ޑޭކެއާ ސެންޓަރުތައް ބަންދުކޮށް، ހަމައެކަނި ޒަރޫރީ ހިދުމަތްތައް ދޭ ތަންތަނަށް މީހުން ގޮސްގެން މަސައްކަތް ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!