ހއ.އަތޮޅާއި ބޮޑުތިލަދުންމަތީގެ ސަރަހައްދު މަސްވެރިކަމާގުޅޭ މައުލޫމާތާއި ފޮޓޯ ގެނެސްދޭ ''މަސްވެރި އިހަވަންދޫ'' ފޭސްބުކް ޕޭޖުން ކުރިއަށް ގެންދިޔަ މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖް އެންމެ މަގްބޫލް ފޮޓޯގެ ގޮތުގައި ހދ މަކުނުދޫ މިލާނޯ މުހައްމަދު އާސިފު ހަސަން ރަޝީދު ހުށަހެޅި ފޮޓޯ ހޮވިއްޖެއެވެ.

''މަސްވެރި އިހަވަންދޫ'' ފޭސްބުކް ޕޭޖުން ވަނީ މިދިޔަ ނޮވެމްބަރު 26 ގައި މި ޗެލެންޖަށް ހުޅުވާލާފައެވެ. އެ ޕޭޖުން މި ޗެލެންޖަށް ފޮޓޯ ހުށަހެޅުމަށް ދިން ސުންގަޑިއަކީ 9 ޑިސެމްބަރު ދުވަހުގެ ރޭ 12:00 އެވެ.

Ad
rt

މި ޗެލެންޖަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނާއި މިސިނާއަތަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ޕޭޖުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މަކުނުދޫ މުހައްމަދު އާސިފު ހަސަން ރަޝީދު މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖްގަައި ބަައިވެރި ކުރި ފޮޓޯ، މއީ އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފޮޓޯ، ފޮޓޯ: މަސްވެރި އިހަވަންދޫ

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނަށް ހުޅުވާލި މި ފުރުސަތުގެ ދަށުން މި ޗެލެންޖުގައި ބައިވެރިވުމަށް ރީތިގޮތަކަށް މަހެއްގައި ހިފަހައްޓައިގެން ނޫނީ ބައްދާލައިގެން ނޫނީ އުނގުގައި ބާއްވާލައިގެން ފޮޓޯ އެއްނެގުމަށްފަހު މަސްވެރި އިހަވަންދޫގެ ވައިބަރ ނަންބަރަށް ފޮނުވާގޮތަށް އޮތީ ހަމަޖައްސާފައެވެ.

އެއަށްފަހު މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހު ވަނީ މި ޗެލެންޖުގެ ނަތީޖާ އިއުލާންކޮށްފައެވެ. މިގޮތުން މި ޗެލެންޖުގައި މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖް އެންމެ މަގްބޫލް އެންމެ ގިނަބަޔަކު ލޮލުގައި އަޅައިގަތް އެންމެ ހިތްގައިމު ފޮޓޯއަކަށް ހޮވުނީ ހދ މަކުނުދޫ މިލާނޯ މުހައްމަދު އާސިފު ހަސަން ރަޝީދު މި ޗެލެންޖުގައި ބައިވެރިކުރި ފޮޓޮއެވެ. މިޮ ފޮޓޯގައި ފެންނަނީ އޭނާ ކޮނޑުމައްޗަށް މަސްހިބަރެއް ލައިގެން ހިނިތުން ވެލައިގެންހުންނަ ތަނެވެ. މި ފޮޓޯ 202 ފަހަރު ޝެއާކޮށްފައިވާއިރު، 505 ލައިކް ލިބިފަވެއެވެ.

މަސްވެރި އިހަވަންދޫއިން ވަނީ މި ޗެލެންޖުގެ އެއްވަނަ އިނާމަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއްގެ ކަނޑައަޅާފައެވެ.