ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްއިން 2026 ވަނަ އަހަރު ޢުމްރާއަށްދާން ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ރަމަޟާންމަސް ހިމެނޭހެން އަންނަ އަހަރު 6 މަހެއްގައި ޢުމްރާ ދަތުރުތައް ބޭއްވުމަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ވަނީ ނިންމާ، ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

Ad
rt

ޢުމްރާ ދަތުރުތަކުގެ ތަފްސީލް:

* ޖަނަވަރީ ދަތުރު: 9 ޖަނަވަރީ އިން 23 ޖަނަވަރީ އަށް

* ރަމަޟާން ކުރި ދަތުރު: 13 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް

* މުޅި ރަމަޟާން ދަތުރު: 18 ފެބްރުއަރީ އިން 27 މާރޗް އަށް

* ރަމަޟާން މަހުގެ ފަހު 15 ދަތުރު: 3 މާރޗް އިން 27 މާރޗް އަށް

* ޖުލައި ދަތުރު: 17 ޖުލައި އިން 31 ޖުލައި އަށް

* ސެޕްޓެމްބަރ ދަތުރު: 11 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ އަށް

* ޑިސެމްބަރ ދަތުރު: 18 ޑިސެމްބަރ އިން 01 ޖަނަވަރީ އަށް

އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި، ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް އެ ކުންފުނިން ދެމުންއަންނަ ކަމަށެވެ. މި ޑިސްކައުންޓްތައް އަންނަ އަހަރުގެ ހުރިހައި ދަތުރުތަކަކުންވެސް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕަކީ 2019 ވަނަ އަހަރުން ފެށިގެން ޢުމްރާއަށް މީހުން ގެންދަމުން އަންނަ ކުންފުންޏެކެވެ. ފާއިތުވި 6 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ.

May be a doodle of ‎money and ‎text that says '‎24314 산으유 ክ! ッ心 2314 يسرم 1060 060 የወጋቆራ いいいいい 11SEP2028 25 25SEP2026 5SEP 2026 18DEC2026 2026 01 18DEC:2026.0TJAN2027 1JA 1JAN2027 JAN 2027 MVR 29,500 및33원2 있8을 ジ いじいろ 17JUL2026 17J 2026 31 31JUL2026 2026 MVR 28,500 MVR 28,500 2 ๗ำช MVR 30,500 ごい FEB202 -27FEB2025 MVR 47,500 3MAR2025- MVR 51,500 51,500្ شوسشن WFEB2020 27HA MAR AR20 2025 いぶ‎'‎‎

ކުންފުންޏާއިއެކު ޢުމްރާއަށްދާ މީހުން ބުނާގޮތުން ޢުމްރާ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ. ދީނީ ގިނަ މައުލޫމާތުތަކެއް ކުންފުނިން ފޯރުކޮށްދެމުން އާދެއެވެ. ޢުމްރާ ދަތުތައް ތައްޔާރުވާން ފެށުމާއި ހަމައިން ދަތުރުގެ ތެރެއިން އަދި ދަތުރު ނިމި އެނބުރި ޤައުމަށް އަންނަންދެންވެސް ޓީމުގެ ފަރާތުން ވަރަށް ގާތުން އަޅުކަމާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތުތައް ފޯރުކޮށްދެމުންދާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޓީމަކީ ޒުވާން އަދި އެންމެންނާއިވެސް ގުޅޭ ޓީމެއްކަމަށް ޢުމްރާއަށްދާ ފަރާތްތަކުން ދަތުރުގެ ތެރެއިންނާއި އަދި ދަތުރުން އެނބުރި އައިސް ދޭ ރިވިއުތަކުން ހާމަވެއެވެ.

ކުންފުނީގެ އަމާޒަކީ ޢުމްރާއަށްދާ ފަރާތްތަކަށް ފުރިހަމައަށް އަޅުކަން އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުންކަމަ އެކުންފުނިން ހާމަކުރެއެވެ. ދަތުރުތަކުގައި ދީނީ ގިނަ މައުލޫމާތުތަކެއް ދެމުންއަންނައިރު ކެއުންތައްވެސް އިންތިޒާމްކޮށްފައި ހުންނާނީ ދިވެހިންނާއި ގުޅޭގޮތައް ދިވެހި ރަހަތަކާއިއެކުގައިކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.