ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި އެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައްޔިތުން މަޖިލީހުގެ މެންބަރު، ފަރުހަތު މުޙައްމަދާއި މުޙައްމަދު ދާއޫދު އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި ސިޓީ ކައުންސިލް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.