ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިޙާދިސާގެ ރިޕޯޓު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި ދޯނީގައި ހަ މީހުން ދަތުރުކުރިއެވެ. އެތަނުން ފަސް މީހުން ފެނިފައިވާއިރު، އެކަކު ނުފެނިގެން ސިފައިންނާއި އާންމުން ގުޅިގެން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
"ލިއޯ" ނަމަކަށް ކިޔާ ދޯނި ބަންޑުންޖަހާލައި ކަނޑުވި މީހުންގެ ތެރެއިން ގެއްލުނު މީހާ ފެނުނީ އެ މީހާ ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް މީހުންނަށެވެ. އެ މީހާ ފެނިގެން ވަނީ އެރަށުގައި ހުންނަ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެތަނުން ވަނީ ބުނެފައެވެ.
ނިޔާވެފައިވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!