ބ. ހިތާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން މިއަހަރު އޭޓީއެމް ޤާއިމްކުރެވުނު 44 ވަނަ ރަށެވެ.
ރައީސް ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރަށްވާފަވެއެވެ. ހިތާދޫ ކައުންސިލުގެ ފަރާތުން މި ހަނދާނީ ކާޑާ ހަވާލުވެލެއްވީ ކައުންސިލުގެ ރައީސް، ޢަބްދުލް އަޒީޒް މުހައްމަދު އެވެ.
ހިތާދޫގައި ވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
މީގެއިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ކޮށްފައިވާއިރު، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ވެސް ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!