އެކި ކުއްތައް ކޮށްގެން ޖަލަށްލާފައި ތިބޭ ކުދިންގެ މައިން ބަފައިންނާއި ކުރިމަތިލުމަކީ އެމަނިކުފާނުގެ ވަޒީފާގައި އެންމެ ހިތަށް ނުތަނަވަސްކަން ގެނެސްދޭ ކަންތައް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

އުމުރުން ދުވަސްވީ އެފަދަ މައިން ބަފައިންނާއި ކުރިމަތިލައި، އެމީހުންގެ ވާހަކަތައް އަޑުއެހުމަކީ ހިތްފަޅައިގެންދާ ކަމެއް ކަންމަށްވެސް ޕީޖީ ޝަމީމު ވިދާޅުވެފައިވެއެވެ.

Ad
rt

ޝަމީމު ރޭ ކުރައްވާގައިވާ ޓުވީޓެއްގައި އިތުރަށް އާދޭސް ދަންނަވާފައިވަނީ ކޮންމެ މީހަކުވެސް ކުށަކަށް އަރައިގަތުމުގެ ކުރިން މައިން ބަފައިންނާއި ދެމެދު ވިސްނައިލުމަށެވެ.

މައިން ބަފައިނާއި ކުރިމަތިލާން ޖެހޭނެކަން ދަނެ، އެކަން ހަނދާންކޮށް ކުށްތަކަށް އަރައިގަތުމުން ދުރުހެލިވެ ތިބުމަށް ޝަމީމު އެދިވަޑައިގެންފައިވެއެވެ.

ދަރިންނަކީ ދެލޮލުގެ ނޫރު ކަމުގައި ދެކި އެތައް ޤުރުބާނީއެއްވެގެން ބަލައި ބޮޑުކުރާ ދަރިން މަގު އޮޅި ކުށްތަކަށް ހުށަހެޅުމަކީ އެއްވެސް މަޔަކާއި ބަފަޔަކު އެދޭނެ ކަމެއްނޫނެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހާލަތު ތަޖުރިބާކުރާ މައިން ބަފައިން އެތައް ކަރުނައެއް އަޅައި، ލޯބިވާ ދަރިންގެ ސަލާމަތަށް ކުރެވުނު މަސައްކަތެއް ކުރެއެވެ. މިކަމަކީ ކޮންމެ ދަރިއަކު އަބަދުމެ ހިތްމައްޗަށް ގެންނަން ޖެހޭނެ ކަމެކެވެ.

ޕީޖީ ޝަމީމުގެ ނަޞޭހަތުގައި ހިފައި ފިކުރުކޮށްލާށެވެ.