ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ސިފައިން ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލާފައި އޮތީ ހަމައެކަނި ވަގުތީ ގޮތުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއީ ނިޔުކްލިއަރ ހަތިޔާރު އޮތް ދެ ޤައުމުގެ މެދުގައި ފަސްވަނަ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް ބެލެވުނު ގަދަ ހަނގުރާމައިގެ ޙާލަތަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު ޤައުމާ މުޚާޠަބުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުޅެވެ.

Ad
rt

ބުދަ ދުވަހު ނިއުދިއްލީގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، "ޓެރަރިޒަމް" އަށް އެހީތެރިވާ ސަރުކާރުތަކާއި "ޓެރަރިސްޓް ގްރޫޕްތަކާ" ދެމެދު އެއްވެސް ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި އިންޑިއާއަށް އެއްވެސް "ޓެރަރ" ހަމަލާއެއް ދީފިނަމަ "އަމިއްލަ ގޮތަކަށް" ބަދަލު ހިފާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެއި 6 ވަނަ ދުވަހު އިންޑިއާގެ ސިފައިން ވަނީ ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުރި ތަންތަނަށް ގިނަ މިސައިލް ހަމަލާތަކެއް ދީފައެވެ. އިންޑިއާއިން ބުނީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ" އަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށްފައިވެއެވެ.

މޯދީ ވިދާޅުވީ، ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި އިންޑިއާއަށް "ހަމަލާދޭން" ގޮވާލީ ކަމަށެވެ. އަދި އިންޑިއާއިން "ނިޔުކްލިއަރ ބްލެކްމެއިލް" ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕާކިސްތާނުގެ ކޮންމެ ފިޔަވަޅެއް މޮނިޓަރ ކުރާނަން، މިއީ ހަނގުރާމގުރާމައިގެ ޒަމާނެއް ނޫން، އެކަމަކު މިއީ ޓެރަރިޒަމްގެ ޒަމާނެއްވެސް ނޫން." މޯދީ އިތުރަށް ވިދާޅުވިއެވެ.

ޕާކިސްތާނާއެކު ވެފައިވާ އިންޑަސް ވޯޓަރ ޓްރީޓީއާ ބެހޭގޮތުން ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، "ޓެރަރާއި ވިޔަފާރި އެކުގައި ނުދާނެކަމަށާއި، އަދި ފެނާއި ލޭ އެކުގައި ނުފައިބާނެކަމަށެވެ.