2 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

Ad
rt

މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވާ ޖަނަވަރީ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދުވަހެކެވެ.

ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހަކާއެވެ. ކަލަންޑަރު ބުނާގޮތުން އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެކެވެ.

އެހެންވެ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ރައީސް މި ނިންމެވުން ނިންމެވީކަމަށް ރައީސް އޮފީހުން ބުނެއެވެ.