މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހު 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ 15 ފަރާތަށެވެ.

Ad
rt

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ފީއަކީ 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. ބައިވެރިންނަށް ލުއި ދިނުމުގެ ގޮތުން ޑަބްލިއުޑީސީން ވަނީ ކޮންމެ ބައިވެރިއެއްގެ ފީން 1000 (އެއްހާސް) ރުފިޔާ ދެއްކުމަށް ނިންމާފައެވެ.

ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ އެ ރަށު ކައުންސިލް އިދާރާއިންނެވެ. ކޯހާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7892855 ނަމްބަރަށް ގުޅުމަށް އިންތިޒާމް ކުރާފަރާތުން އެދެއެވެ.