ރޭ ފަތިހު ސިނަމާލެ ބްރިޖު ލައިޓު ކައިރީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ރޭ ފަތިހު 05:26 ހާއިރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 43 އަހަރުގެ ފިރިހެނަކަށެވެ.

Ad
rt

މީގެތެރެއިން 21 އަހަރުގެ ފިރިހެން މީހާއަށާއި 19 އަހަރުގެ އަންހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕޮޓަލުގައެވެ.

ފުލުހުން ބުނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.