20 ވަނަ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އިންތިޚާބުވެއްޖެއެވެ.
މިގޮތުން މިއަދު ކުރިއަށްދާ މި ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީން މަޖިލީހުގެ ނައިބަކަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ ނަމެވެ. އަދި އެމްޑީން ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.
މި ވޯޓުގައި ނާޒިމް މަޖިލީހުގެ ނައިބަކަށް އިންތިޚާބުވީ 80 ވޯޓުންނެވެ. އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
މަޖިލީހުގެ 93 މެންބަރުން ކުރެ 92 މެންބަރަކު މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވިއިރު، 92 މެންބަރަކު ވޯޓުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަނީ ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދެވެ.
20 ވަނަ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުކޮށްފި
ނާޒިމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބަޔެއްގައި ވެސް މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
20 ވަނަ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައި ވަނީ ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.
20 ވަނަ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީގެ 75 މެންބަރަކު ތިއްބަވައެވެ. އަދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 12 އެވެ. ދެން ތިއްބަވަނީ މިނިވަން 2 މެންބަރަކާއި، އެމްޑީއޭގެ 2 މެންބަރަކާއި، ޖޭޕީގެ މެންބަރެއް އަދި އެމްއެންޕީގެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!