ފާއިތުވި އަހަރު ދައުލަތުގެ މުއައްސަސާތަކަށް އެއްހާހަށްވުރެ ގިނަ ޤާނޫނީ ލަފާ ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެ އޮފީހުން ޢާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން 1082 ކަމެއްގައި ޤާނޫނީ ލަފަޔަކަށް އެދި އެ އޮފީހަށް ފޮނުވާފައިވާއިރު، 1003 ކަމެއްގައި ޤާނޫނީ ލަފާ ވަނީ ދެއްވާފައެވެ.
އެޓަރނީ ޖެނަރަލްގެ އޮފީހުން 2019 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު pic.twitter.com/IPDTdjY5cR
— AG Office Maldives (@AGOmv) January 3, 2020
އޭގެ ތެރޭގައި ހިމެނެނީ ބިލު ތަސްދީޤްކުރުމާއި ގުޅޭގޮތުން ދިން 27 ލަފައަކާއި، އެއްބަސްވުންތަކާއި ގުޅޭގޮތުން ދިން 354 ލަފައަކާއި، ޤަވާއިދުތަކައި ގުޅޭ 103 ލަފައާއި، އުސޫލްތަކާއި ގުޅޭ 52 ލަފައެކެވެ. އަދި މުއާހަދާތަކާއި ގުޅޭ 15 ލަފައަކާއި އެހެނިހެން ކަންކަމާއި ގުޅޭ 452 ލަފާ ހިމެނެއެވެ.
އެޓަރނީ ޖެނަރަލްގެ އޮފީހުން ދިން ލަފާ- ތަފާސްހިސާބު pic.twitter.com/1QMYag8h6U
— AG Office Maldives (@AGOmv) July 15, 2019
ދައުކަތުގެ އެކި ކަންކަމާއި ގޫޅޭގޮތުން ޤާނޫނީ ލަފާ ދިނުމަކީ ބަންޑާރަ ނާއިބުގެ އޮފީހުގެ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!