ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާން ދެން އޮތީ އެންމެ ހަތަރު ދުވަސްކަން އެ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ 30 ޖެނުއަރީ 2024 ގައެވެ. އަދި މި ފުރުސަތު 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ.

Ad
rt

އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބް ''އެކްސް''ގައި ވިދާޅުވެފައިވާ ގޮތުގައި މި އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ 12 ދުވަސްވެފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަހެވެ.

''އިންތިހާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ، ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00'' ހަބީބު ވިދާޅުވެފަވެއެވެ.

ހަބީބު ވިދާޅުވީ، މިހާތަނަށް (މިއަދު ހެނދުނު 8:35 އާއި ހަމައަށް) އީސީއަށް އިންތިޚާބަށް ކުރިމަތިލާން އެދި އީސީ އަށް ހުށަހަޅާފައި ވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ. އަދި އެއީ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށާއި، މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި ކަމަށް ވިދާޅުވިއެވެ.

މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

''އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު ގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ. ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭ. އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި.'' ހަބީބު ވިދާޅުވެފަވެއެވެ.

ހަބީބު ވިދާޅުވިގޮތުގައި، އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމުގެ ފުރުޞަތު ނުލިބި ވެސް ހިނގައިދާނެއެވެ.

ވިހި ވަނަ މަޖިލީހަށް އިންތިޚާބު ކުރަނީ 93 އިންތިޚާބީ ދާއިރާއަކަށް 93 މެންބަރުންނެވެ.

މި އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ 17 މާރިޗް 2024 ވާ އާދީއްތަ ދުވަހުއެވެ. އެދުވަހު ވޯޓުލުން ކުރިއަށް ގެންދަން އީސީން ނިންމާފައި ވަނީ، ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ.

ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވާކަމަށް އީސީން ވަނީ ބުނެފައެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް އީސީން ނިންމާފައި ވަނީ 2024 މާރިޗު 24 ވާ އާދީއްތަ ދުވަހުއެވެ.