ރ. ކިނޮޅޮހުގައި މޫދަށް އެރި އުޅުނު އުމުރުން 84 އަހަރުގެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މިއަދު 12:00 ޖަހާއިރު ކިނޮޅަހުގެ އުތުރުފަރާތު ގޮންޑު ދޮށުގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފަ އޮށްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށަށް ދިއުމުގެ ދަތުރުމަތީގައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

އެ ރަށު ކައުންސިލުން ބުނެފައިވަނީ އޭނާގެ ހަށިގަނޑު މިހާރު އޮތީ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.

އޭނާގެ ހަށިގަނޑު އޮތީ އަތިރިމައްޗަށް ލައްގާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ތަފްސީލް އަންނަނީ...