ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެއީ 51 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ.

''އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަމަލާދީފައި ވަނީ ޢާއިލީ މައްސަލައެއްގައި، ދަރިއަކު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް އެ އިދާރާއިން ކުރި ތަހުގީގުން އެނގޭކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން އަންނަނީ ތަހުގީގު ކުރަމުންނެވެ.