އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި އަނެއްކާވެސް މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:30 ހާއިރުއެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 20 އަހަރުގެ ޒުވާނަކު ވަނީ ޒަޚަމްވެފައެވެ.
އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ހުކުރު މިދިޔަ ހުކުރު ދުވަހުގެރޭ ވެސް ވަނީ ދެ ގްރޫޕްގެ މެދުގައި މާރާމާރީއެއް ހިނގައި އެކަކު ޒަޚަމްކޮށްލާފައެވެ.
މި މައްސަލާގައި 4 މީހުން ހައްޔަރުކޮށްފައިވާއިރު، މި ގްރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!