މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މި ބަޖެޓުގެ މަސައްކަތް ނިންމާލީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ތަޅުމުން މިއަދު މި ބަޖެޓު ފާސްކުރީ، ކޮމެޓީން ފާސްކުރި ގޮތަށެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ އަކީ 6.5 ބިލިއަން ރުފިޔާ އެވެ.
މިއަދު މޮ ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ބަޖެޓް ފާސްކުރަން ވޯޓު ދެއްވީ 57 މެންބަރުންނެވެ. ބަޖެޓާ ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ މުޅިން ވެސް ޑިމޮކްރެޓްސްގެ މެންބަރުންނެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހުން 6.5 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، މި އަދަދަކީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެސް 6.5 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަމަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!