އިންޓަނޭޝަނަލް ކޮމާޝަލްއާ އެކު އިޝްތިހާރު ކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ސީއެންއެން އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

Ad
rt

އެމްއެމްޕީއާރުސީގެ މައި އޮފީހުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، ތޮއްޔިބު މުޙައްމަދު އެވެ. ސީއެންއެންގެ ފަރާތުން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލްގެ ޑިރެކްޓަރު -ސޭލްސް އަބިޖީތު ދަރު އެވެ.

މި ގްލޯބަލް ކެމްޕޭން ކުރިއަށްދާނީ 2023 ވަނަ އަހަރުގެ މޭ މަހާއި، ޖޫންމަހުގެ ތެރޭގައެވެ.

މި ކެމްޕޭނުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް، ހާއްސަކޮށް މި ރޮނގުން ހިންގާ މަޝްރޫޢުތަކަށް އަޅިއަޅުވާލާ، ޕްރޮމޯޓުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެންވާރަމަންޓަލީ-ކޮންޝަސް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ރާއްޖެއިން ހިންގާ ހަރަކާތްތައް ވެސް ޕްރޮމޯޓުކުރާނެއެވެ.

މިގޮތުން، ރީސައިކަލްކޮށްފައިވާ ރިސޯޓް އިންޓީރިއާތަކުން ފެށިގެން ވޮލަންޓިއަރުން ހިންގާ ކޮންޒަވޭޝަން ޕްރޮގްރާމްތަކަށާއި މިފަދަ ކަންކަމަށް މުޖުތަމައުން ދޭ ސަމާލުކަމަށް އަލިއަޅުވާލާނެ ކަމަށާއި މި ކެމްޕޭނުގައި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ސަގާފަތް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ރައްޔިތުންނަށް ހާއްސަކޮށް އަލިއަޅުވާލާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ތޮއްޔިބު ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖެ ވަނީ ކުރީ ސަފުގައި ކަމަށާއި މިއީ މި މަސައްކަތުގައި ރާއްޖެއިން ނަގާކިޔާލެވޭ ދިވެހިން ފާހަގަކޮށް، ޕްރޮމޯޓްކުރަންވީ ވަގުތު ކަމަށެވެ. އަދި ސީއެންއެންއާއެކު ވެފައިވާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއްބަސްވުމެއް ކަމަށެވެ.

މި ޕާޓްނަޝިޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަބިޖީތު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ވަރަށް ފުރިހަމަ، ދުނިޔެ ހައިރާންކުރުވާ ފަދަ މަސައްކަތްތަކެއް ކަމަށާއި ސީއެންއެންގެ ސްޓޯރީ ޓެލިންގ އާއި އެންގޭޖިންގ ބްރޭންޑެޑް ކޮންޓެންޓަކީ ތިމާވެށްޓަށް ސަމާލުކަންދޭ ދަތުރުވެރިންގެ މެދުގައި ދެމެހެއްޓެނިވި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

މި ކެމްޕޭންގެ ތެރޭގައި ސީއެންއެން އިން ޑިޖިޓަލް އަދި ބްރޯޑްކާސްޓް މީޑިއަމްތަކުގައި "ދަ ޖަރނީ މެޓަރސް އިން 2023" ގެ ޝިއާރުގެ ދަށުން ޑެޑިކޭޓެޑް ކޮންޓެންޓް ދައުރު ކުރާނެއެވެ. މީގެ ތެރޭގައި ލިޔުންތަކާއި ވީޑިއޯތަކާއި އިޝްތިހާރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ހިމެނެއެވެ.

މިއީ ސީއެންއެންއާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން މަސައްކަތް ކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ގި ކާމިޔާބު ތިން ކެމްޕޭން ހިންގާފައިވެއެވެ.

މި ކެމްޕެއިންތަކުގެ ތެރެއިން ބެލުންތެރިންނާއި ކިއުންތެރިން ޝައުގުވެރިވާފަދަ ކޮންޓެންޓް ސީއެންއެންއިން ބިނާކޮށް، ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ރާއްޖޭގެ ހޯލިސްޓިކް އެލިމެންޓް ޕްރޮމޯޓުކުރެއެވެ.