މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެމްޕީއާރުސީ

23 Stories filed
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް
Raajje

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް” އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެންނަވައި، މި ބަދަލު ގެންނެވި ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމ...

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ
Business

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ބޮލީވުޑްގެ ތަރި ކެޓްރީނާ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖައްސައިފިއެވެ. އެމްއެމްޕީއާރްސީން ބުނެފައިވާ ގޮތުގައި، ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ “ސަނީ ސައިޑް އޮފް ލައިފް” ކެމްޕެއިނުގެ ދަށުންނެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކ...

އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް، މުދަލެއް ހުރިނަމަ މައްސަލަ އަލުން ހުށަހަޅަން ހުކުމްކޮށްފި
Raajje

އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް، މުދަލެއް ހުރިނަމަ މައްސަލަ އަލުން ހުށަހަޅަން ހުކުމްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެ މައްސަލާގައި ހިމެނޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމަކުން ސާބިތުވެފައިވާ ދަރަންޏަށް އެ ޙުކުމާއި އެއްގޮތަށް ފައިސާދައްކާފައި ނުވާތީ، އެ ޙުކުން ތަންފީޒުކޮށްދިނުމަށް އެމްއެމްޕީއާރުސީން ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ. ލޯނެއްގެ ގޮތުގައި އެސްއޯއެފް އަށް ދޫކޮށްފައިވާ 10.7 މިލިއަން ޑޮލަރު ހޯދުމަށް އެމްއެމްޕީއާރުސީން އެ ކުން...

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް
Raajje

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލްގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ރާއްޖެއަށް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވެސް އިން “ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރ” އަށް ހަމަޖައްސާފައިވާ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ސީނިއާ މެނޭޖްމެންޓް ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި ދަތުރުގައި ރާއްޖެ އައިސްފައި ވަނީ، އެ ޕާޓްނާޝިޕްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޕޯލް އާއި ލިވަޕޫލް އެފްސީގެ ޑައިރެކްޓާ އޮފް ގްލޯބަލް ޕާޓްނާޝިޕް ޑިވޮލޮޕްމެންޓް އެލެކްސ...

އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކޮށްފި
Raajje

އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑަރަށް އިތުރު ދެ މެމްބަރުން އައްޔަންކޮށްފިއެވެ. އެމްއެމްޕީއާރްސީން “އެކްސް”ގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ އެ ކުންފުނީގެ ބޯޑަށް އަބްދުލް ސަމީއު އިމާދާއި، އައިޝަތު ހަމީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ދެ ބޭފުޅުންގެ ތެރެއިން ސަމީއުއަކީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން (އެންއެޗްގޭމް)ގެ ނައިބް ރައީސެވެ. ބޭރު ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީ އ...

އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤު މަޤާމުން ވަކިކޮށްފި
Business

އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤު މަޤާމުން ވަކިކޮށްފި

މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފާތިމަތު ތައުފީޤު (ކުޑީ) ވަކިކޮށްފިއެވެ. ކުޑީ އެ މަޤާމުން ވަކިކޮށްފައިވާއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަދި އެކަމެއް ހާމައެއް ނުކުރެއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގައެވެ. އެމްއެމްޕީއާރުސީގެ އެމްޑީކަމުން ކުޑީ ވަކިކޮށްފައި މަވަނީ، އެކުންފުނީގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން...

ނޫރްޢައިން އިސްތިއުފާ ދެއްވައިފި
Raajje

ނޫރްޢައިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން، ނޫރްޢައިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މިގޮތުން އޭނާ އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އިއްޔެ ޕީސީބީ އަށް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފައެވެ. އެހ...

އައިއެލްޓީއެމް ކޭންގައި ރާއްޖޭން ބައިވެރިވެއްޖެ
Business

އައިއެލްޓީއެމް ކޭންގައި ރާއްޖޭން ބައިވެރިވެއްޖެ

އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް، (އައިއެލްޓީއެމް) ކޭންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މި ފެއާ ކުރިއަށްދަނީ މިމަހުގެ 4- 7 އަށް ފްރާންސްގެ ޕްލޭ ޑެ ފެސްޓިވަލްސް އެ ޑު ކޮންގްރޭގައެވެ. އައިއެލްޓީއެމް ކޭންއަކީ ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގެތެރެއިން އެންމެ ބޮޑު އެއް ފެއާއެވެ. މި ފެއާ މެދު...

ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީ އާއި ޚިދުމަތްތައް ތަޖުރިބާ ކުރުމަށް ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް
Raajje

ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީ އާއި ޚިދުމަތްތައް ތަޖުރިބާ ކުރުމަށް ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް

ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީ އާއި ޚިދުމަތްތައް ތަޖުރިބާ ކޮށްލުމަށް މަޝްހޫރު ނޫސްވެރިން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ މި ޓީމު ރާއްޖެ މިއައީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށެވެ. މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖޫން 4 ގެ ނިޔަލަށް މި ޓީމުން ކުރި މި ދަތުރުގައި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެ...

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއްކޮށް ރާއްޖޭ ދައްކާލައިފި
Raajje

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއްކޮށް ރާއްޖޭ ދައްކާލައިފި

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއް ރާވާ، ރާއްޖޭ ދައްކާލައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ސިންގަޕޫރު އެއަރލައިންސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މޭ 29 ޖޫން 4 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ދަތުރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ރާއްޖޭގެ ހޮސްޕިޓަލިޓީ އާއި އިމަރސިވް ތަޖުރިބާތަކާއެކު، ސަނީ ސައިޑް އޮފް ލައިފްގެ އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅި އާއި ތަފާތު ތ...

ސްޓޯރީޓެލަރސްގެ ބައިވެރިން ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށައިފި
Business

ސްޓޯރީޓެލަރސްގެ ބައިވެރިން ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށައިފި

‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް ‘2023 ނިންމާލައި، ބައިވެރިން ރާއްޖޭގެ ތަފާތު 8 ސަރަޙައްދަކަށް ދަތުރު ފަށައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން މި ކޮންފަރެންސް ބާއްވާފައިވަނީ 23 މެއި ގައި ކްރޮސްރޯޑްސްގައެވެ. މި ކޮންފަރަންސް ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައި ވެއެވެ. ރާއްޖޭގ...

ސްޓޯރީޓެލާސް ކޮންފަރެންސްގެ ސްޕީކާ ބައިވެރިން ރާއްޖޭގެ 8 ސަރަހައްދަކަށް!
Raajje

ސްޓޯރީޓެލާސް ކޮންފަރެންސްގެ ސްޕީކާ ބައިވެރިން ރާއްޖޭގެ 8 ސަރަހައްދަކަށް!

ސްޓޯރީޓެލާސް ކޮންފަރެންސްގެ އިންޓަނޭޝަނަލް ސްޕީކާ ލައިނަޕް އާއި ބައިވެރިން ދަތުރުކުރާ 8 ސަރަހައްދު ހާމަކޮށްފިއެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްދިހަ އަށްވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އަދި މި ދަތުރުތަކުގައި ރާއްޖޭގެ ތަފާތު އަށް ސަރަހައްދަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ. އެ ސަރަހައްދުތަކުގެ ޚާއްޞަ ސިފަތަކާއި ރީތިކަން، އަދި އެ ސަރަހައްދުތަކުގައި ބައިވެރިވެވެން ހުރި ތަފާތު ހ...

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި
Business

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގު...

އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖެއަށް!
Raajje

އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖެއަށް!

ފުޑް، ޓްރެވަލް، އަދި ލައިފްސްޓައިލް ކޮންޓެންޓް ޕްލެޓްފޯމް ކަމުގައިވާ ކަރލީ ޓޭލްސްއާ އެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ އިންޑިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕޭންގެ ތެރެއިން ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކަމިޔާ ޖަނީ ރާއްޖެއަށް ޒިޔާރަ...

އެކްސްޕީރިއެންޝަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސީއެންއެން އާ އެކު އެމްއެމްޕީއާރްސީ ސޮއި ކޮށްފި
Raajje

އެކްސްޕީރިއެންޝަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސީއެންއެން އާ އެކު އެމްއެމްޕީއާރްސީ ސޮއި ކޮށްފި

އިންޓަނޭޝަނަލް ކޮމާޝަލްއާ އެކު އިޝްތިހާރު ކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ސީއެންއެން އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެމްއެމްޕީއާރުސީގެ މައި އޮފީހުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް...