ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ކަނބަލުންގެ ވާދެމުމުގެ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.

Ad
rt

މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކުގެ ނަމުގައްޔާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމްތައް ބައިވެރި ކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ވެސް ޓީމް ހަދައި ޓީމް ރަޖިސްޓަރީ ކުރެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޓީމްތައް ބައިވެރިކުރަން ބޭނުންފުޅުވާ ފަރާތްތަކުން ޓީމް ލިސްޓް 9730673 ނަމްބަރަށް ވައިބާ ކުރެއްވުމަށް އިންތިޒާމް ކުރާ ފަރާތުން އެދިލައްވައެވެ.

ކޮންމެ ޓީމް ލިސްޓެއްގައި 11 މެމްބަރުން ހިމަނަން ޖެހެއެވެ. އެއީ 8 ކުޅުންތެރިންނާއި މެނޭޖަރަކާއި ކޯޗެއްގެ އިތުރުން ސިއްހީ އެހީތެރިއެކެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މާޗް 8 ވަނަ ދުވަހެވެ.