މިސަރުކާރުން ދަނީ އަތޮޅު ތެރޭގެ ރަށްތަކަށް، ވަރަށް ބޮޑަށް އިހުމާލު ވަމުންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، މުޅި ރާއްޖެއިން ފެނިގެންދާ ތަރައްޤީގެ މަންޒަރުތަކަކީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅުކަމަށާއި ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ އެންމެ ގިނަ ޕްރޮޖެކްޓް ހިންގީ ރައީސް ޔާމީންގެ ނިމިދިޔަ ފަސް އަހަރުގައި ކަމަށެވެ.

Ad
rt

ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާދަތުރުފުޅު ތަކުގައި އެމަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީ ތަކުރާރު ކޮށްދެއްވުމަށް އެދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ހީނާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ އެތައް ވައުދެއް ނުފުއްދި ރައްޔިތުން އެވައުދުތަކުގެ ވާހަކަ މިއަދު ރައީސް ޔާމީން ރަށްރަށަށް ވަޑައިގަތުމުން ދަންނަވަމުންދާ ކަމަށެވެ.

"މިސަރުކާރުންވެސް އެންމެ ޖެހިލުންވަނީ ވެފައިވާ ވައުދުތައް ނުފުއްދި އެކަންކަން ރައްޔިތުން ރައީސް ޔާމީނާއި ހިއްސާކުރާތީ."

ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ މިސަރުކާރުން ކިތަންމެ ކަންބޮޑުވިޔަސް ރައީސް ޔާމީން ދިވެހި ރައްޔިތުން ބޭނުންވާ ބަދަލު އަނެއްކާ ވެސް ގެނެސް ދެއްވާނެކަމަށެވެ.