ހ. ދޫވެހީގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާ ނެގި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައަކީ ބެނާރ ނެގުމަށް ފުލުހުން އެނގީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްޤާއި ހިލާފު ބާތިލު އެންގުމެއް ކަމަށް ކަނޑައަޅާ ދިނުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލަ އެކެވެ.
ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު ކޯޓު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.
އެމަނިކުފާނުގެ ގެކޮޅުގެ ބޭރުގައި ދަމާފައި ހުރި ބެނާއެއް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.
އެ މައްސަލައިގާ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ ފަރާތުން އެދިފައިވާ އެންގުން ބިނާކުރި ކަންކަމާމެދު ހައިކޯޓުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވާ ކަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.
ހ. ދޫވެހީގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން ހޯދި ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅާ ހައިކޯޓުން ވަނީ މިއަހަރުގެ މޭމަހުގެ ތެރޭގައި އަމުރު ބާތިލުކޮށްފަ އެވެ.
މި މައްސަލަ ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވިއިރު، ހައިކޯޓުން އިއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރަކީ ޤާނޫނަކުން މަނާކޮށްފައިވާ ކުށެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!