ހދ. ނެއްލައިދޫ މަސްޖިދުލް ޚައިރާތުގެ މިހުރާބު ބޮޑުކުރުމާއި މިސްކިތުގެ ބައެއް މަރާމާތު މަސައްކަތްތައް ކުރުމަށް ސިލްވަރ ބްލޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ނެއްލައިދޫ ކައުންސިލުން ހާމަކުރާ ގޮތުގައި، މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 471,960.00 ރުފިޔާކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުން އިއުލާނުކޮށްފައިވަނީ 16 ނޮވެންބަރު 2026 ގައެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، ބީލަންތައް ހުޅުވާލާފައިވަނީ 24 ނޮވެންބަރު 2026 ގައެވެ.